ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދަވާ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ޕީ.ޕީ.އެމް. ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕާޓީގެ ފަރާތުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ދެއްވި ކަމަށެވެ.
ސިޔާސީ މަސްރަހާ ބެހޭގޮތުން ރައީސް ޔާމީނާއި ރައީސް މައުމޫން މަޝްވަރާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ