ކަރަންޓު ސިޑިއެއްގައި ތާށިވެ ކުޑަ ކުއްޖެއްގެ ހަ އިނގިލި ބުރިވެއްޖެ

ޗައިނާގެ ވެރިރަށް ބެއިޖިންގެ މޯލްއެއްގެ ކަރަންޓު ސިޑި( އެސްކަލޭޓަރ) އެއްގައި ހިނގި ހާދިސާއެއްގައި އެއް އަހަރުގެ ތުއްތު ކުއްޖެއްގެ އަތުގެ ހަ އިނގިލި ބުރި ވެއްޖެ އެވެ.
ސީސީޓީވީ އިން ފެންނަ ގޮތުގައި ތުއްތު ކުއްޖެއް ފިރިހެނަކާއެކު ސިޑިން ފައިބައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ ތުއްތު ކުއްޖާ އަމިއްލައަށް ކަރަންޓު ސިޑިއާއި ދިމާލަށް ދާތަން  ސީސީ ޓީވީ އިން ފެނެއެވެ.
އެ ކަރަންޓު ސިޑި އަކީ ތިރިއަށް ފޭބުމަށް ހުރި އެއްޗަކަށް ވުމުން އޭގެ މައްޗަށް ކުޑަކުއްޖާ އެރުމާއި އެކު އެ ކުއްޖާގެ ބެލެންސް ނެއްޓި އޭގެ މައްޗަށް ވެއްޓެއެވެ.
އެ ކުއްޖާގެ އިނގިލިތައް އެސްކެލޭޓަރު ނިމޭ ހިސާބުގައި ތާށިވީ އެހާހިސާބުންނެވެ. އެއަށްފަހު ކަރަންޓު ސިޑި ހުއްޓުނު ނަމަވެސް ކުއްޖާގެ އިނގިލިތައް އޭރު ވަނީ އޭގެ ތެރޭގައި ތާށިވެފައެވެ. އެއާއެކު އެ ކުއްޖާގެ އިނގިލިތައް ބުރި ވެފައިވާ ކަމަށް ބޭރުގެ ނޫހެއް  ކަމަށްވާ "އެމިރޭޓްސް 247" އިން ވަނީ ބުނެފައެވެ. އެ ތުއްތު ކުއްޖާއަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަނީ އެމިރޭޓްސް އިން ބުނެފައެވެ.
ޗައިނާގައި ކަރަންޓު ސިޑީގައި މީހުން ތާށިވާ މައްސަލަތައް ގިނަ ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ