25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަހުމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކުރެއްވުމަށް އެދިވަޑައިގެންފައިވަނިކޮށް، އެ މުއްދަތު އިތުރު ނުކުރަން ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.
ކަރެކްޝަނަލްގެ ސާވިސް އިން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު މިއަދަށް ހަމަވާނެކަމަށެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އެ މުއްދަތު އިތުރުކޮށްދޭން މި މަހު އެދިވަޑައިގެންނެވިއިރު، ކަރެކްޝަންގެ މެޑިކަލް ބޯޑުން ނިންމީ ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމަށް ކަމަށެވެ.
ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު 15 ދުވަހުގެ މުއްދަތެއް ނާޒިމްއަށް ދެއްވިއިރު، އެ މުއްދަތު ހަމަވުމުން ވަނީ ރާއްޖޭން ބޭރުގައި ހުރުމަށް ދެ މަސް އިތުރުކޮށްދީފައެވެ.
މެމްބަރު ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކުރުމަށް ކަރެކްޝަނަލް ސާވިސްއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ