ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ ސަމާލު ކަމަށް އައުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަަށެވެ. އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސްމީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އެމް.ޑީ ހޮސައިން (30އ) އާއި އެމް.ޑީ މެހެދި ހަސަން (34އ) އާއި އެމް.ޑީ ޝާ އަލަމް (39އ) އާއި ސަރފިފް ހަސަން (38އ) އާއި ރަސަލް (20އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މީހަކު ރަހީނުކޮށް އަނިޔާކުރުން: ބަންގްލަދޭޝް ފަސް މީހަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ