ރާއްޖޭގެ މޫސުން ގޯސްވެއްޖެ

ރާއްޖޭގެ އެކިހިސާބަށް މިއަދު ވިއްސާރަކުރާނެކަމަށާއި، އަދި ގުގުރުން އެކަށީގެންވާކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވިދާޅުވެއްޖެއެވެ.
މިއަދުގެ 10:00 އިން ފެށިގެން މާދަމާގެ 10:00 އާ ހަމައަށް މޫސުން ލަފާ ކުރާ ގޮތުގައި، ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާ އިރު މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ