ސޯލާ ޕެނަލް މެދުވެރިކޮށް ރާއްޖޭގެ ކުންފުންޏަކުން ސްރީލަންކާގެ ފަޤީރު ފަސްހާސް ގެއަކަށް ކަރަންޓު ފޯރުކޮށްދެނީ..

ސޯލާ ޕެނަލް މެދުވެރިކޮށް ރާއްޖޭގެ ކުންފުންޏަކުން ސްރީލަންކާގެ ފަޤީރު ފަސްހާސް ގެއަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސޮއިކޮށްފިއެވެ.
އަވަށްޓެރި ސްރީލަންކާ އިން މި މަސައްކަތް ޙަވާލުކޮށްފައިވާ ދިވެހި ކުންފުންޏަކީ ކުރީގެ ރައީސް ނަޝީދުގެ ބޭބޭފުޅުގެ މަސްލަހަތު އޮންނަ ރިނިއުބަލް އެނަރޖީ މޯލްޑިވްސް އާއެވެ.
މި ފަހުމުނާމައިގާ ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ރައީސް އިބްރާހިމް ނާޝިދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ރިސެޓްލްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ސްޓޭޓް މިނިސްޓަރ އެމްއެލްއޭއެމް ހިސްބުއްލާ އެވެ.
އެ މަޝްރޫއުގެ ދަށުން ލަންކާގެ އިރުމަތީގައި އޮންނަ ބައްޓިކަލޯ ސިޓީގެ ބައެއް ގެތަކުގައި ދިރިއުޅޭ ފަޤީރުންނަށް ކަރަންޓު ފޯރުކޮށްދެނީ މުޅިން ހިލޭ އެވެ.
ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ރައީސް އަހުމަދު ނާޝިދު ވިދާޅުވީ ކޮންމެ ފުރާޅެއްގައި 10 ކިލޯ ވޮޓުގެ ސޯލާ ޕެނަލް ހަރުކުރާ އިރު ގޭގެ ކަރަންޓަށް އެއް ކިލޯވޮޓުގެ ކަރަންޓުވެސް ނާރާނެ ކަމަށާއި މިކަން ކުރަނީ ލަންކާ ސަރުކާރުގެ ޤަވާޢިދުތަކާ އެއްގޮތަށް ކަމަށެވެ.
އެ ގެތަކުގެ ފުރާޅު ކުއްޔަށް ހިފައިގެން ފުރާޅުގައި ސޯލާ ޕެނަލް ބަހައްޓާ އިރު، ކުލީގެ އިތުރުން ފުރާޅުގައި ހަރުކުރާ ޕެނަލުން އެ ގެއެއްގެ ކަރަންޓު ބިލުވެސް ދައްކައިދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ