ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެ ކަމަށް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ހިދުމަތުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި،" މައުމޫން ވިދާޅުވި އެވެ.
Dhivehi rayyithehge haisiyyathun qaanoon asaasee alhugan'dah libidhey evves haqqeh dhoo kosheh nulaanan. 1/2— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
މައުމޫން ކުރެއްވި ޓުވީޓު.Iraadha kurevviyyaa alhugan'du abadhu ves hunnaanee rayyithunge khidhmathu gai. 2/2— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
މައުމޫން ކުރެއްވި ޓުވީޓު.ދެ ބައި ވެފައި އޮތް ޕީޕީއެމްގައި އެ މަނިކުފާނުގެ ޕެކްޝަނުން ކުރަމުން އައި މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރުމާ ގުޅިގެންނެވެ.
ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ނަމުގައި މައުމޫން ހިންގަވަމުން އައި އޮފީސް ބަންދުކޮށް، އެ ތަނުގެ ނަން ބޯޑާއި އެ ތަނުގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަ ނަގައިފަ އެވެ. އަދި މިހާރު ވެސް ފުލުހުން ދަނީ އެ އޮފީސް ކައިރީގައި ފޯރިމަރަމުންނެވެ.
BREAKING: PPM ge member kamun Maumoon vakikoffi | Mihaaru
Mihaaru
ޕީޕީއެމްގެ ރައީސްކަމަށް އެ މަނިކުފާނު އިންތިޚާބު ކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށް ވިޔަސް، ސިވިލް ކޯޓުގެ ހުކުމަކާ އެކު ޕާޓީ ހިންގުން ވަނީ އެމަނިކުފާނުގެ އަތްޕުޅުން އަތުލައި، ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތްޕުޅު ފެއްޓެވުމާއެކު، އެމަނިކުފާނު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
ގައުމު އިސްލާހު ކުރުމުގެ މަސައްކަތް އިދިކޮޅު ލީޑަރުން ގުޅިގެން ކުރަން ފެށުމުން ލީޑަރުންނަށް ބިރު ދައްކައި، ފިއްތުންތައް ކުރިމަތި ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށް އެ ކޯލިޝަނުން ދަނީ ބުނަމުންނެވެ.
ރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށާއި މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ބޭއްވުމަށާއި ނިގުޅައިގެންފައިވާ ރައްޔިތުންގެ އަސާސީ ހައްގުތައް އަލުން އިއާދަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ގާނޫނުއަސާސީން ލިބޭ އެއްވެސް ހައްގެއް ދޫކޮށެއް ނުލާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ