ރާއްޖެ އިން އިންޑިއާ ކަނޑައަޅާ ސަފީރަކަށް، ކުރީގެ ކޮމިޝަނާ ޖެނެރަލް
އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރެއްވުމަށް
ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. އެއް
މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
މާދަމާ ފަށާއިރު، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު އައްޔަން ކުރެއްވުމަށް
ރައީސް ޔާމީން ފޮނުއްވާފައިވާތީ އެ ނަން ދިރާސާކޮށް، ގޮތެއް ނިންމުމަށް
އެކަމާ ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ
އެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އެމްބެސެޑާ
އެޓް ލާޖްގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ މިދިޔަ އޯގަސްޓް މަހުގެ
ކުރީކޮޅުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި
އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަހުމަދު ވިދާޅުވެފައި ވަނީ އެމްބެސެޑާ
އެޓް ލާޖްގެ މަގާމަށް ބަދަލުކުރެއްްވީ އޭނާގެ އެދިވަޑައިގަތުމަކަށް
ކަމަށެވެ. އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ކަމުގައި މިހާރު ހުންނެވީ ކުރީގެ ފޮރިން ސެކްރެޓަރީ މުހައްމަދު ނަސީރެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަަށް އަހުމަދު މުހައްމަދު ހަމަޖައްސަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ