ނައިބު ރައީސް ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި
ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބު 15 ދުވަހަށް ބަންދުގައި
ބަހައްޓަން ދަށު ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި
އެވެ.ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލައި، ރައީސް ޔާމީން
އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހައްޔަރުކުރި ނައިބު ރައީސް އަދީބުގެ
ބަންދަށް ހައި ކޯޓުން ތާއީދުކުރީ އެމަނިކުފާނު ބަންދުގައި
ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު 
އިސްތިއުނާފް ކުރުމުންނެވެ.ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން
ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އަދީބުގެ ބަންދުގައި ބަހައްޓަން ނެރުނީ ރަނގަޅު އަމުރެއް ކަމަށާއި އެ އަމުރަށް ބަދަލު ގެންނަން ޖެހޭ
ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި
ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.އަދީބުގެ
ބަންދާ މެދު ދަށު ކޯޓުން ގޮތެއް ނިންމީ ވެސް އަދި ހައި ކޯޓުުގައި އެ
މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ގެންދިޔައީ ވެސް އެމަނިކުފާނު
ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި އެމަނިކުފާނު ބަންދުކޮށްފައި ހުރި ކ.
ދޫނިދުއާ ވީޑިއޯ ކޮންފަރެންސްއަކުން ގުޅާލައިގެންނެވެ.ރައީސް
އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބު ހައްޔަރުކޮށް، މައްސަލަ
ތަހުގީގު ކުރަމުންދާއިރު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ