ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަނުކުރައްވާފައި ހުންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެމަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނަގައިފި އެވެ.
ގާސިމްގެ މައްސަލަ އެޖެންޑާއިން ނެގި މައްސަލައިގައި ބައެއް މެންބަރުން ވަނީ މިއަދުގެ ޖަލްސާ ފެށުމާއިއެކު އެކަން ހިގައިދިޔަ ގޮތެއް މެންބަރުނަށް ސާފުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.
ނިޒާމީ މައްސަލަ ނަންގަވާ ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ގާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާކަން މެންބަރުންނަށް މިދިޔަ މަހު އެސްއެމްއެސްއަކުން އަންގަވާފައިވާ ކަމަށާއި އެކަންކުރައްވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަމަށެވެ.
ނިޒާމީ މައްސަލަ މައްސަލައަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މެންބަރުންނަށް ފޮނުއްވި އެސްއެމްއެސްގައި ގާސިމް އިބްރާހިމް ޖޭއެސްސީ އިން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެއްވި ކަން އަންގާފައި ނުވާނެ ކަމަށާއި، ނަމަވެސް އެމައްސަލަ އެޖެންޑާކުރަން ގަސްދުކުރައްވާ ކަމަށް ބުނެފައިވާނެ ކަމަށެވެ.
ގާސިމުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފައިވާ އިރު ސިއްރު ވޯޓު ނުނެގޭނެ ކަމަށް ނިންމުމާއި ގުޅިގެން އެއީ ބާތިލު ނިންމުމެއް ކަމަށް ސްޕްރީމު ކޯޓުން ކަނޑައަޅާފައިވާތީ އިސްލާހު ގެނެސްފައިވާ މާއްދާއާއި މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އިއްޔެ އެޖެންޑާކޮށްފައި އޮތް ދެމިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައެއް ނުވެ އެވެ.
މިމައްސަލައިގައި ސްޕްރީމު ކޯޓުގެ ނިންމުމައި ގުޅިގެން ދެން އަމަލު ކުރާނެ ގޮތެއް ބެލުމަށް އާއްމު ކޮމިޓީއަށް އިއްޔެވަނީ ފޮނުވާފައެވެ.
ގާސިމް ޖޭއެސްސީން ވަކިކުރުމުގެ މައްސަލަ އެޖެންޑާއިން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ