ގދ.ތިނަދޫ ރައްޔިތުން ތިބި ގޮތް ނިމިދިޔަ ކައުންސިލުން އިންތިހާބުގައި ދައްކާފައިވާ ކަމަށާއި އެ އިންތިހާބުގައި ހަތެއް ސުމަކުން ސަރުކާރު ބަލިކޮށް ނުވައެއް ސުމަކަށް ލީޑު މިހާރު ފުޅާކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ކުނޫޒުގައި މިއަދު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރައްޔިތުންގެ ތާއީދު ފެންނާނީ ވޯޓުން ކަމަށެވެ. ނިމިދިޔަ ކައުންސިލު އިންތިހާބުގައި ތިނަދޫގެ ހަތްގޮނޑި ވެސް އިދިކޮޅު ފަރާތްތަކަށް ދީފއިވާ ކަމަށް ނިޔާޒު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު މަޖިލީހުގެ ދެ ގޮނޑިއާއެކު އެއަށް ވުރެ ވެސް ތާއީދު ބޮޑުވެފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އިދިކޮޅު ޖަލްސާއަށް ހާޒިރުވެދާނެތީ ބިރު ދައްކަމުން ދިޔަ ނަމަވެސް ތިނަދޫ ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަން މާދަމާ ރޭގެ ޖަލްސާއިން ދައްކާދޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ދައުލަތުގެ އެކި މުއައްސަސާތައް ބޭނުންކޮށްގެން ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެތަނުގައި ގާނޫނާ ހިލާފު ކަމެއް ނުހިނގާނެ ކަމަށާއި ޖަލްސާއަށް ޖާގަ ދިނުމަށް ނިޔާޒު ގޮވާލެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ޖަލްސާ ބާއްވާއިރު ޕީޕީއެމްގެ އިސް ވަފުދެއް މިއަދުވަނީ ތިނަދުއަށް ގޮސްފައެވެ.
"ތިނަދޫ ރައްޔިތުން ތިބި ގޮތް ވަނީ ކައުންސިލު އިންތިހާބުގައި ދައްކާދީފައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ