ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލުއި އެކްސްޕްރެސް ލޯނު އަދި ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން، ލޯނަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން މިއަދު ފެށި ޕްރޮމޯޝަނަކީ މިމަހަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނެއް ނަގައިގެން، ލޯނަށް ދެކި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ލޯނުގެ އަގު އަދާކުރުމަށްޓަކައި އެ ފަރާތަކުން ލޯނުގެ ގޮތުގައި ނެގި އަދަދު އަނބުރާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން 100،000 ރުފިޔާއާ ހަމައަށް ފައިސާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.Apply for a new Lui Loan this month and stand a chance to win back your full loan amount! #WinBackYourLoanVisit our website for more details: https://t.co/sQiIIQmwp3 pic.twitter.com/44ki1QTjQr— Bank of Maldives (@bankofmaldives) April 1, 2018
ލުއި ލޯނުގެ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ