މިއަދު ހަވީރު ފަށާ ރޯޑްރޭހުގައި ކެންޔާގެ ދެއެތްލީޓުން ބައިވެރިވާނެ - ދިރާގު
މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑްރޭހުގައި ކެންޔާގެ ދެ އެތްލީޓުން ބައިވެރިވާނެކަމަށް ދިރާގުން ބުނެފިއެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ މި ރޭހުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން ރަޖިސްޓްރީވެ ދުވުމުގައި ބައިވެރިވާއިރު މިފަހަރު ބައިވެރިވާ ދެ އެތްލީޓުންނަކީ މިފަދަ ދުވުންތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ދުވެފައިވާ ދެ ދުވުންތެރިންކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ކެންޔާގެ މިދެމީހުންނަކީ ފިރިހެން އެތްލީޓަކާއި އަންހެން އެތްލީޓެކެވެ. ތިންހާސް މީހުންނަށް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދާ ދިރާގު ރޯޑްރޭހުގައި ބައިވެރިވާން އަދިވެސް ވަރަށް ގިނަ ފަރާތްތަކަކުން އެދެމެންދާ ކަމަށާއި އެކަމަށް ޙައްލެއް ގެނައުމަށް މިހާރު މަޝްވަރާ ކުރަމުންދާކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ދިރާގު ރޯޑްރޭހަކީ މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމާ ދެކޮޅަށް ޚާއްސަ ޝިއާރެއް ބޭނުންކޮށް މީހުން ހޭލުންތެރި ކުރުމުގެ މަގްޞަދުވެސް ހިމެނޭ ގޮތަށް ކުރިޔަށްގެންދާ ރޭހެކެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޭސް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ ރާޅުގަނޑު ސަރަޙައްދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ