ޅ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަަކަށް މޫސުން ގޯސްވެއްޖެ

ޅ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު 10:50ގައި ނެރެފައިވާ އެ އެލާޓުގައި ބުނެފައިވަނީ މިއަދު 11:20 އާއި ހަވީރު 4:20 އާއި ދެމެދުގެ ވަގުތުތަކުގައި ޅ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހަމަ އެވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ