ރިޔާޒާއި އަބްދުﷲ ޝާހިދު އަދި ލަތީފް ދޫނިދޫއަށް

މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުން ދޫނިދޫއަށް ގެންގޮސްފިއެވެ.
އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
ލަތީފު ހައްޔަރުކޮށްފައިވަނީ މަޖީދީމަގު ޗާންދަނީ މަގު ހަތަރު އަނގޮޅި ސަރަހައްދުގައި އެއްވެފައިވާ މީހުންގެ ތެރެއިންނެވެ. އަބްދުﷲ ޝާހިދާއި އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ ސޯސަންމަގު ސަރަހައްދުންނެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒާއި އަބްދުﷲ ޝާހިދު މިގޮތަށް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ