ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތައި، މެމްބަރު އިމްތިޔާޒް ފަހުމީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓް ހަވާލުކޮށްފި އެވެ. އޭގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހޯމަ ދުވަހުގެ ރޭވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ.
ހޯމަ ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު އަމިތު ދެއްކެވި ވާހަކަ ފަހުމް ނުވާކަމަށް ވިދާޅުވެ ވަނީ އަނެއްކާވެސް ޗިޓް ހަވާލުކޮށްފަ އެވެ. އެގޮތުން އަމީތު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންގާރަ ދުވަހު މެންދުރުފަހު 15:30 އަށެވެ.
އޭގެއިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފުލުހުން އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންގާރަ ދުވަހު މެންދުރު 13:00 އަށެވެ.
މި ދެ މެމްބަރުންގެ މައްޗަށްވެސް ކުރަނީ އެއް ތުހުމަތެކެވެ. އެގޮތުން ދެ މެމްބަރުން ހާޒިރުކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމަށް ބުނާ މައްސަލައިގެ ތަހުޤީޤަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު އަމީތާއި، އިމްތިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ