ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވަމުން އަންނަ ސިލްސިލާ އިޙްޔާ ޕްރޮގްރާމް މި އަހަރުވެސް އޮންނާނެ ރޭތައް އެ ފައުންޑޭޝަނުން އިޢުލާނު ކޮށްފިއެވެ.
އެ ފައުންޑޭޝަނުން ބުނީ މި އަހަރުގެ އިޙްޔާ ޕްރޮގްރާމުތައް އޮންނާނީ ރަމަޟާންމަހުގެ ކޮންމެ ބުދަ ދުވަހެއްގެރޭ އަދި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށާއި އެގޮތުން މި ޖޫން މަހުގެ 8، 15، 22، 29 އާއި ރަމަޟާންމަހުގެ 27 ވިލޭރޭ ކަމަށްވާ 1 ޖުލައި ވާ ހުކުރު ދުވަހުގެރޭ މައުމޫން ފައުޑޭޝަންގެ އިޙްޔާ ޕްރޮގްރާމް އޮންނާނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ބާއްވާ މިޖަލްސާތަކުގައި އެ ފައުޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދީނީ ބައެއް ޢިލްމުވެރިންގެ ވާހަކަފުޅު ދެއްކެވުން އޮންނާނެ ކަމަށާއި މިގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ 08 ޖޫން 2016 ވާ ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
ކޮންމެ ރެއެއްގެވެސް ޖަލްސާފެށޭނީ ރޭގަނޑު 22:00ގައެވެ..
މައުމޫން ފައުންޑޭޝަން އިޙްޔާ ޖަލްސާތައް މިއަހަރުވެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ