މޫސުން ގޯސްވެ، ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ، ބ. އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް
މީޓިއޮރޮޖިކަލް ސާވިސް (މެޓް) ން ބުނީ މިއަދު ހެނދުނު 7:45 ން މެންދުރު 11:45 އާ
ހަމައަށް ޔެލޯ އެލާޓް ނެރުނީ، ށ. އަތޮޅުން އދ އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް
ވާރޭ ވެހި، ވައިގަދަވާނެތީ ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ، އާންމުކޮށް 25
މޭލާއި 30 ދެމެދުގެ ބާރުމިނެއްގައި އެ ސަރަހައްދަށް ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި
ގަޑިއަކު 55 މޭލަށް ވައިގަދަވާނެ އެވެ.
މެޓް އޮފީހުން
ބުނީ މި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި
އިތުރަށް ގަދަވާނެ ކަމަށެވެ.
އެހެން ކަމުން ކަނޑު ދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް
ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ