ލ. ގަން ކަރަންޓް ވިއުގައިން، ތެލުން އެކަނި ދުވާލަކަށް 18 މިލިއަން ރުފިޔާ ފައިދާ ވާނެ: ފެނަކަ

ލ. ގަމުގެ ކަރަންޓް ވިއުގަ، އެއް ވިއުގައަކުން ގުޅާލެވުމުން ތެލުން އެކަނި ދުވާލެއްގެ މައްޗަށް 18 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ބޭއްވި އޭޝިއަން ޕަވާ އެވޯޑްސްގެ ހަތަރު އެވޯޑެއް ފެނަަކައަށް ލިބިފައިވާ އިރު އޭގެތެރެއިން ދެ އެވޯޑެއް ލިބިފައިވަނީ ފެނަކައިން ހިންގާ ދެ ޕްރޮޖެކްޓަކަށެވެ. އެވޯޑު ލިބުނު ދެ ޕްރޮޖެކްޓާ ބެހޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ އެމްޑީ ވިދާޅުވީ، އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ ލ. އަތޮޅުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަށް ހިންގާ ޕްރޮޖެކްޓު ކަމަށެވެ. ލާމު ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓު ނިމޭ އިރު 4.5 މެގަވޯޓުގެ ކަރަންޓު ލ. އަތޮޅު ގަން ސަރަހައްދަށް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ކުރިން ތިން އިންޖީންގެ ހިންގަމުން އައި ތަނެއް އެއް އިންޖީނުގެއަށް ބަދަލުކޮށް އެއް ވިއުގައަކުން ހިދުމަތް ދޭން ފެށުމުން ތެލުންވެސް ދުވާލެއްގެ މައްޗަށް 18 މިލިއަން ރުފިޔާގެ ފައިދާ އެ ކުންފުންޏަށް ވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ޖުމްލަކޮށް ހުރިހާ ތެލުންނާއި މެއިންޓެނަސްއަ ށް ބަލާނަމަ އަހަރެއް ތެރޭ 79 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމުގައި ގާއިމު ކުރި އިންޖީން ގެއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފެނަކައިން މިވަގުތު ހިންގާ ޕްރޮޖެކްޓްތަކާ އަޅާ ބަލާއިރު އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މިފަދައިން އެއް ވިއުގައިން ގުޅެން ހުރި ތަންތަން ގުޅުމަކީ އަންނަން އޮތް ޖީލަށް ތަރައަގީއާއި މަންފާ ލިބިގެން ދާނެ ކަންކަން ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްރަށް އުފެދިފައި އޮންނަ ގޮތަށް ބަލާ އިރު އެފަދަ ކްލަސްޓާތައް ފާހަގަ ކުރެވިފައި އެބަހުރި ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައިގެން އެއް ވިއުގައަށް ބަދަލުކުރާ ތަންތަނުގެ ތެރޭގައި ލ. އިސްދޫ އާއި ކަލައިދޫ ހިމެނޭ ކަމަށާއި އަދި ބ. ގޮއިފުޅަ ފެހެންދޫ އަކީވެސް ފާހަގަ ކޮށްފައި ވާ ކްލަސްޓާއެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައި މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްފައި ވަނީ މި ދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ގަމުގެ ރައްޔިތުންނަށް މުހިންމު މަޝްރޫއުއެކެވެ. ގަމުގެ ކަރަންޓް އެއް ނެޓްވޯކަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ