ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާއަށް ފާޑުކިޔާ އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ނެރުއްވި ބަޔާނުގައި އެމަނިކުފާނު އެކުލަވާލާފައިވާ ޕީޕީއެމް އިސްލާހު ކުރުމުގެ އެޖެންޑާ ރަނގަޅުކަން މިހާރު ވެސް އެނގިވަޑައިގެންފި ކަމަށް ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ރައީސް މައުމޫން އަށް ރައްދު ދެއްވައިފިއެވެ.
ރައީސް މައުމޫންގެ ނަން ވިދާޅުނުވެ ނަމަވެސް ރައީސް މައުމޫންއަށް ދެއްވި ރައްދެއްގެ ގޮތުގައި ދޭހަވާގޮތައް އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފުރަތަމަ ތިމާ އިސްލާހު ވާށެވެ. ދެން އެއަށްފަހު އެހެން މީހުން އިސްލާހު ކުރުމަށް މަސައްކަތް ކުރާށެވެ."
އަދުރޭ މިއަދު އިތުރަށް ވިދާޅުވީ "ތިމާއަށް ލިބުނު ފުރުސަތުގެ ބޭނުން ތިމާއަށް ހިފުނީ އެންމެ ރަނގަޅަށްތޯ ބަލާފައި އަނެއްކާ އަށް ފާޑުކިޔުން ބުއްދިވެރި." ކަމަށެވެ.
"ތިމާއަށް ހާސިލް ނުވި ކަމެއް އަނެކާ އަށް ހާސިލް ކުރެވުނީމަ އެކަމާ ހަސަދވެރިނުވެ، އޭނާގެ ކާމިޔާބަށް މަރުޙަބާ ކިޔުމަކީ ރިވެތި ސިފައެއް" ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި ދާއިރާތަކުގެ މުވައްޒަފުން ޕީޕީއެމްގެ ޖަލްސާ އަށް ގެންގޮސްފައިވާ ކަމަށް ރައީސް މައުމޫން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިއެވެ.
ރައީސް މައުމޫންގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ ވަކި ބައެއްގެ ހިޔަނީގައި އޮންނަން ޖެހޭ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ މުސްތަޝާރާ އެކު މަސައްކަތް ކުރައްވަން ޕާޓީގެ ރައީސް އެނބުރިވަޑައިގަތުމަށް އެދުމުން ވެސް އެނގެނީ "ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ ޕީޕީއެމް އިސްލާހުކުރުމަށް އެކުލަވާލެއްވި އިސްލާހީ އެޖެންޑާގެ ސައްހަކަން" ކަަމަށެވެ.
އަދުރޭގެ ރައްދު މައުމޫން އަށް : "އެންމެ ފުރަތަމަ ތިމާ އިސްލާހު ވާށެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ