ދިވެހިރާއްޖޭގެ ގައުމީ ދިދަ ބޭނުންކުރާނެ އުސޫލެއް ހޯމް މިނިސްޓްރީ އިން އެކުލަވާލާ އެއުސޫލަށް އަމަލުކުރަން ފެށުމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވަރަށް ބޮޑަށް އެއުސޫލާއި ދެކޮޅު ހައްދަވައިފިއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދިވެހި ގައުމީ ދިދަ އަކީ ދިވެހިވަންތަކަމުގެ ފަހުރުވެރި ރަމްޒް. އިހްތިރާމާއިއެކު ގައުމީ ދިދަ ބޭނުންކުރުމަކީ އެންމެހާ ދިވެހިންގެ ޙައްޤެއް" ކަމަށެވެ.
ގައުމީ ދިދަ ބޭނުންކުރާނެ އުސޫލެއް ހޯމް މިނިސްޓްރީ އިން އެކުލަވާލީ ސީދާ ރައީސް މައުމޫނަށް އަމާޒުކޮށް ކަމުގެ ނުސީދާ ތުހުމަތެއް ވެސް އެމަނިކުފާނު މިއަދު ވަނީ ކުރައްވާފައެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ "ވަކިފަރާތަކަށް އަމާޒުކޮށްގެން ޤާނޫނާއި ޤަވައިދަށް ބަދަލު ގެނައުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން" ކަމަށެވެ.
ގައުމީ ދިދަ ބޭނުންކުރާނެ އުސޫލަަށް އަމަލުކުރަން ފަށާފައި ވާއިރު ރައީސް މައުމޫން ހިންގަވާ "ޕީޕީއެމް ރައީސްގެ އޮފީސް" ގައި ނަގާފައި ހުންނަ ގައުމީ ދިދަ ތިރިކުރަން ފުލުހުން ވަނީ އަންގަވާފައެވެ. ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލު ބުނާ ގޮތުގައި ގައުމީ ދިދަ ހަމައެކަނި ނެގޭނީ ސިޔާސީ ޕާޓީތަކުގެ ރަސްމީ އޮފީހުގައި އެކަންޏެވެ.
ގައުމީ ދިދަ ބޭނުންކުރާނެ އުސޫލަށް އަމަލުކުރާތީ މައުމޫން ކޯފާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ