ހޮލީވުޑުގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލުމު އެވަޓަގެ އިތުރު ފިލުމެއް މިއަހަރު ނުނިކުންނާނެ ކަމަށް ޑައިރެކްޓަރު ޖޭމްސް ކެމެރަން ވިދާޅުވެއްޖެއެވެ.
އެވަޓައަށް ލޯބި ކުރާ މީހުންނަށް މިއީ ހިތްހަމަޖެހޭ ހަބަރަކަށް ނުވެދާނެއެވެ. ނަމަވެސް އުފާވެރި ހަބަރެއް އެބަ އއޮތެވެ. އެއީ ޖޭމްސް ގެންދަނީ އެވަޓަ ދޭއްގެ ބަދަލުގައި، އެ ފިލުމުގެ ތިނެއް، ހަތަރެއް އަދި ފަހެއް ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
"2018 އަކުއެއް ނުވާނެ. އެކަމަކު އަދި ވަކި ތާރީހެއް ފައިނަލެއް ނުކުރަން،" އުމުރުން 62 އަހަރުގެ ޑައިރެކްޓަރު ވިދާޅުވެފައިވެއެވެ.
އެވަޓަ ދޭއް ނެރެން ކުރިން އިއުލާންކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. ނަމަވެސް ފަހުން ވަނީ 2017 އަށް އެ ތާރީހު ބަދަލުކޮށްފައެވެ.
އެވަޓަ ނެރެފައިވަނީ 2009 ވަނަ އަހަރުއެވެ. 237 މިލިޔަން ޑޮލަރުގެ ބޮޑު ބަޖެޓަކާއެކު އުފައްދާފައިވާ އެފިލުމަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.
އެވަޓަގެ ފިލުމެއް 2018 ގައި ވެސް ނުނިކުންނާނެ: ޑައިރެކްޓަރު ޖޭމްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ