ޚަޠީބުންގެ ހައިބަތު: ޚުޠުބާ އަޑުއަހާ މީހުންގެ ސަމާލުކަން ހޯދާ!

މިސްކިތްތަކުގައި ހުކުރު ކުރައްވާ ޚަޠީބުންގެ ހައިބަތަކީ ވަރަށް މުހިންމު އެއްޗެކެވެ. ޚަޠީބުންގެ ހައިބަތަކީ ޚުޠުބާާ އަޑުއަހަން ތިބޭ މީހުންނަށް ވަރަށް މުހިންމު އެއްޗެކެވެ. ޚުޠުބާ އަޑުއެހުމަށް ސަމާލުކމާއި ޝައުޤުވެރިކަން ވެސް އިތުރުވާ ކަމެކެވެ.
އިސްލާމީ ޤައުމުތަކުގަ އާއި އިސްލާމީ ނޫން ޤައުމުތަކުގައިވެސް އާންމުުކޮށް ޚަޠީބުން ތިއްބަވަނީ ޚާއްޞަ ހެދުމެއްގައެވެ. އެގޮތުން އަރަބި ހެދުން އެޅުއްވުމަކީ ޢާންކަމެކެވެ. އެކަމުގެ ސަބަބުން ޚަޠީބުންގެ ޤަދަރު އުފުލެއެވެ. މީސްތަކުންގެ އިޙްތިރާމް އިތުރުވެއެވެ.
ރާއޝްޖޭގައި ވެސް ޚަޠީބުންނަށް ޚާއްޞަ ހެދުންކޮޅެއް އޮވެއެވެ. ނަމަވެސް މި ފަހަކަށް އައިސް ބައެއް މިސްކިތްތަކުން އެހެދުންކޮޅުތަކެއް ނުފެނެއެވެ. ޢާދައިގެ ހަދުންކޮޅެއްގައި ތިއްބަވައިގެން ހުކުރު ކުރައްވާތަންވެސް އެބަ ފެނެއެވެ.
ތަންކޯޅެއް ކުރިއަށް ބަލައިފިނަމަ އެއްވެސް ބޮޑު މިސްކިތެއްގައި އިމާމްވެ ހުކުރު ކުރައްވަވާނަމަ ތިއްބަވަނީ ޚާއްޞަ ހެދުންކޮޅުގައެވެ، އާދައިގެ ހެދުންކޮޅުގައި ތިއްބަވަނީ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅުންނެވެ.
މިއީ އަދިވެސް ހިފެހެއްޓުން މުހިންމު އާދައެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ގިނަ ބައަކު ބުނަނީ މިސްކިތް ކުޑަ ނަމަވެސް އަދި ބޮޑު ނަމަވެސް ޚަޠީބުން އެއްގފޮތަކަށް ހެދުންކޮޅު ތުރުކުރެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ