އައްޑޫގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައްޑޫ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. ފުލުހުން ބުނީ އައްޑޫގައި ފެށި އޮޕަރޭޝަނަކީ މިއަހަރު ފުލުން ސަމާލުކަން ދޭ ކަންކަމުގެ މައްޗަށް އަމާޒުކޮށްފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުންގެ އޮޕަރޭޝަންގައި ފަހަކަށް އައިސް އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވަމުންދާތީ އެކަންކަން މަދުކުރުމަށް ޚާއްސަ ޓްރެފިކް މަސައްކަތްތަކެއް ހިންގުން ވެސް ހިމެނެ އެވެ.
އެ ގޮތުން ގިނަ އަދަދެއްގެ ވެހިކަލްތައް ޗެކްކޮށްފައިވާއިރު ހިތަދޫއާ މަރަދޫއާ ދެމެދުގެ ފަޅު ރަށްތަކުގެ ސަރަހައްދުން 60 ކިލޯމީޓަރަށް ދަތުރުކުރާ މީހުން ހެލްމެޓް ނާޅައި ދުއްވާކަން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި ލައިސަންސް ނެތި ސައިކަލް ދުއްވުމާއި 18 އަހަރު ނުފުރޭ ކުޑަކުދިން ފަހަކަށް އައިސް ސައިކަލް ދުއްވާކަން ފާހަގަކުރެވިފައި ވާކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އައްޑޫގައި ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން މިމަހުގެ 20 ވަނަ ދުވަހާއި 21 ވަނަ ދުވަހު މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކަކާއެކު ހަތަރު މީހަކު އައްޑޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެ އޮޕަރޭޝަންގައި ފުލުހުން ކުރި މަސައްކަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 20 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅުވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ