ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު ވަނީ މަރުވެފައި - އަފްޣާނިސްތާން

ތާލިބާނުންގެ ވެރިޔާ މުއްލާ އުމަރު މަރުވެފައިވާ ކަަމަށް އަފްޣާނިސްތާނުން ހާމަކޮށްފިއެވެ.
އަފްޣާނިސްތާނުގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީ ޚަބަރުތައް ބުނާގޮތުން މުއްލާ އުމަރު މަރުވެފައި ވަނީ މީގެ 2 ނުވަތަ 3 އަހަރު ކުރިންނެވެ. ނަމަވެސް އެކަމާގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މުއްލާ އުމަރު މަރުވެފައި ވާކަމަށް އަފްޣާނިސްތާނުން ބުނި އިރު ތާލިބާން ޖަމާއަތުން މިކަމަށް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް މިކަމާ ގުޅިގެން އެ ޖަމާއަތުން ބަޔާނެއް ނެރުމަށް ހަމަޖެހިފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.
މީގެ ކުރިންވެސް މުއްލާ އުމަރު މަރުވެފައި ވާކަމަށް ބުނެ އެކި ފަހަރު މަތިން އަޑު ފެތުރިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ