ޖޭޕީގެ ގައުމީ ހިންގާކޮމިޓީއަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނާއި އޮނަރަބަލް ގާސިމް ބައްދަލު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީއަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 7 ބޭފުޅުންނާއި އެޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާރޓީގެ ކޮމިޓީތަކަށާއި ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުން އެ ޕާޓީގެ އޮފީހުގައި އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އިއްޔެ ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ޕާރޓީގެ ކައުންސިލަށް 7 މެމްބަރުން ހޮވުމުގެ އިތުރަށް ދެ ކޮމިޓީއަކަށް ރައީސުން އިންތިޚާބުކޮށްފައިވެއެވެ.
ޕާރޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ މިހާރު ކުރިއަށްދާގޮތާއި މުސްތަގުބަލްގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. ޖުމްހޫރީ ޕާޓީން ގައުމުގެ މަސައްކަތްތަކުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިކަމަށް ސަމީރު ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމަކީ ވަރަށްބޮޑަށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ ބައްދަލު ވުމެއްކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ޕާރޓީގެ ކައުންސިލަށް އަލށް ހޮވުނު ހަތް މެމްބަރުންނަކީ، ޢާއިޝަތު ޝެރީން މއ. ބޯޅަކިންކިރިމާގެ، މުޙައްމަދު މުޚުތާރު، ނެލުންގެ، ގދ. ތިނަދޫ، ޢަލީ ޞާލިޙު އާޒާދީގެ، ސ. ހިތަދޫ، މުޙައްމަދު ނަދީމް، ހ.ދިއްގާމާގެ،، ޑރ. މުޙާއްމަދު ޝާފިޢު ޢަބްދުލް މަތީން، މ. އަންފާ، އަދި އިބްރާހީމް ޙަސަން، މ. ޝިމްލާ އާއި އަޙުމަދު ސުނިލް، ދުނި، އދ. މަހިބަދޫ އެވެ.
މީގެ އިތުރުން ޕާރޓީގެ ޚާރިޖީ ކަންކަމާބެހޭ ކައުންސިލްގެެ ރައީސްކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ، ޑރ. ޢާޞިމް އަޙުމަދު އަދި ކުޅިވަރާބެހޭ ކައުންސިލްގެ ރައީސްކަމަށް އއ. ތޮއްޑޫ އަނބުގަސްދޮށުގޭ ޢަލީ ޙަސަން ވަނީ އިންތިޚާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ