މޫސުން ރަގަޅުނަމަ މިރޭ ނައިޓް މާކެޓް އޮންނާނެ ކަމަށް ނައިޓް މާކެޓުގެ އިންތިޒާމުތައް ބަލަހައްޓާ މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) އިން ބުނެފިއެވެ.
އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލް ކަރީމް ވީނިއުސްއަށް ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން މިއަދު ހަވީރު ނައިޓް މާކެޓު ކުރިއަށް ނުގެންދާ ކަމަށެވެ. ނަމަވެސް މޫސުން ތަންދޭނަމަ މިރޭ ނައިޓް މާކެޓު އޮންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.
ނައިޓް މާކެޓު ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ.
އަލީ އަބްދުލް ކަރީމް ވިދާޅުވީ މިއަދު ހަވީރު ނައިޓް މާކެޓު ބަންދު ނަމަވެސް މޫސުން ރަގަޅުނަމަ މިރޭ 8:00 އިން ފެށިގެން މާކެޓު ހުޅުވާނެ ކަމަށެވެ. އަދި ވިދާޅުވީ ވިއްސާރަވެގެން މިމަހުގެ 9 ވަނަ ދުވަހު ވެސް މާކެޓު ކުރިއަށް ނުގެންދެވުމުން އެދުވަހުގެ ބަދަލުގައި ވިޔަފާރިވެރިންނަށް އިތުރު ދުވަހެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"ކުރިން މިއޮތީ މިމަހުގެ 15ގެ ނިޔަލަށް މާކެޓު ކުރިއަށް ގެންދަން. އެކަމަކު ވިއްސާރަވެގެން އެއް ދުވަހު މާކެޓު ކެންސަލް ކުރަން މިޖެހުނީ. އެހެންވީމަ އޭގެ ބަދަލުގައި ދޭ ދުވަހެއްގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުވެސް މާކެޓު ކުރިއަށްދާނެ" އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ މިރޭވެސް މާކެޓު ނުބޭއްވިއްޖެނަމަ މިއަދުގެ ބަދަލުގައި ދުވަހެއް ދިނުމާއި މެދު ފަހުން ގޮތެއް ނިންމާނެ ކަމަށާއި އަދި އޮތީ 16 ވަނަ ދުވަހު މާކެޓު ނިންމާލާ ގޮތަށް ކަމަށެވެ.
ނައިޓް މާކެޓު މިފަހަރު ފެށީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
އެހެން އަހަރުތަކުގައި ރާޅުގަނޑު ސަރަހައްދުން ލޮނުޒިޔާރަތްކޮޅުގައި ނައިޓު މާކެޓު ބޭއްވި ނަމަވެސް މިފަހަރުގެ މާކެޓު ކުރިއަށްދަނީ ކާނިވާ ސަރަހައްދުގައެވެ. އެތަނުގައި ވިޔަފާރިއަށް ޚާއްސަ 350 މޭޒު މިފަހަރު ވަނީ ބަހައްޓާފައެވެ.
މޫސުން ރަގަޅިއްޔާ މިރޭ ނައިޓް މާކެޓު އޮންނާނެ: އެމްއެމްއޭސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ