ނޫސްވެރިކަމަށް ގެއްލުމެއް ނުވާ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލް އިސްލާހުކުރަން އެއްބަސްވެއްޖެ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުން ނޫސްވެރިކަމަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެބިލް އިސްލާހުކުރުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެއްބަސްވެވަޑައިގެންފި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މޯލްޑިވްސް މީޑީއާ ކައުންސިލުން ޕީޕީއެމްގެ ޕާލަމަންޓްރީ ގުރޫޕްގެ ބައެއް މެމްބަރުންނާއެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރަން ސަރުކާރުން ބޭނުންނުވާ ކަމަށެވެ.
ޑިމޮކްރަސީގެ ހަތަރުވަނަ ބާރު މީޑިއާގެ މަސައްކަތަށް ގާނޫނުތަކުން ދަތިވާނަމަ އެއީ ސީރިއަސް މައްސަލައެއް ކަމަށާއި، އަބުރުގެ ބިލު މިހާރު އޮތް ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަަމަށް ނިހާން ވިދާޅުވި އެވެ. އަދި މި ބިލު އަނބުރާ ގެންދަން ޖެހިއްޖެ ހާލަތެއްގައި ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ