އައްޑޫ ސިޓީގައި ހުޅުވައި ހިންގާ 2 ރިޒޯޓުކަމަށްވާ ޝަންގްރިއްލާ އާއި ހެރެތެރެ ރިޒޯޓުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން ގެންދާތީ ކަންބޮޑުވާކަމަށް އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ބުނެފިއެވެ.
މިއަދުނޫހަށް މައުލޫމާތު ދިން އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ބުނީ ދެ ރިޒޯޓުގައި ބިދޭސީ މަސައްކަތުމީހުން ވަރަށް ގިނަކަމަށެވެ. އަދި އެމީހުންނަށް ލިބޭ މައުލޫމާތަށްބަލާއިރު ބިދޭސީން ގެންގުޅުމަށް ސަރުކާރުން ދީފައިވާ ކޯޓާއަށްވުރެވެސް އިތުރަށް ބިދޭސީ މަސައްކަތު މީހުން އެބަތިބި ކަމަށެވެ.
"އައްޑޫ ސިޓީގެ ގިނަ ބައަކު މިހާރުވެސް ގެންދަނީ އެކި ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން. ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ގިނަ އަދަދަކަށް މަސައްކަތްކުރާ ދިވެހިންނަކީވެސް އައްޑޫ ރައްޔިތުން. ބޮޑެތި ރިޒޯޓުތަކުގައި ޖެނެރަލް މެނޭޖަރުންނަށްވެސް ައްޑޫ ރައްޔިތުން އެބަތިބި، ނަމަވެސް އައްޑޫ ސިޓީގައި މިއޮންނ 2 ރިޒޯޓުން އައްޑޫ ރައްޔިތުންނަށް އިސްމަޤާމުތަކެއް ނުދޭ. އެހެންވެ ބޮޑެތި ހުރިހާ މުސާރަތަކެއް އެގެންދަނީ ޤައުމުން ބޭރަށް. އެ ފައިސާ އައްޑޫ ރައްޔިތުންނަށް ލިބިގެންނޫނީ އައްޑޫ ތަރައްޤީއެއްވެސް ނުކުރެވޭނެ. ރައްޔިތުންނަށް އަަބދުވެސް ތިބެންޖެހޭނީ ހަމަ މިހާލުގަ." ބައެއް މީހުން ބުނެފައިވެއެވެ.
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާ ނުލިބުމުގެ މައްސަލައެވެ. އައްޑޫ ސިޓީގައި ހިންގަމުން ދިއަ ފެކްޓަރީތައް ބަންދުކުރިފަހުން ވަޒީފާ ނުލިބުމުގެ މައްސަލަތައް ވަނީ އިތުރަށް ބޮޑުވެފައެވެ.
އައްޑޫގެ ވިޔަފާރިވެރިން ބުނަނީ އެމީހުންގެ ވިޔަފާރިތައް ކުރިއަރަން އޮތީވެސް އަދި އައްޑޫގެ ރައްޔިތުންނަށް ދިރިއުޅެވެން އޮތީވެސް ރައްޔިތުންނަށް ވަޒީފާ ލިބި ރައްޔިތުންގެ އަތައް ފައިސާ އަރައިގެން ކަމަށެވެ.
\އެހެންކަމަށްވާއިރު އައްޑޫ ސިޓީގައި އޮތް ދެ ރިޒޯޓުގައި މަސައްކަތްކުރަން ތިބި ގިނަ އަދަދެއްގެ ބިދޭސީންގެ ބަދަލުގައި އައްޑޫ ރައްޔިތުން ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.
ޝަންގްރިއްލާ އާ ހެރެތެރެގަ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާތީ އައްޑޫ ރައްޔިތުން ކަންބޮޑުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ