ޕީޕީއެމް ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޔުމްނާ މައުމޫނު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފުކުރަން ކަމަށް ބުނެ މާދަމާ 11:30 އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
ޔުމްނާ މައުމޫނު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ކޮންމައްސަލައެއްގައިކަމަށް ސާފެއް ނުވެއެވެ.
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާއިރު މީގެ ކުރިން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. މީގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ އަދި ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
މިބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ޕީޕީއެމް ގެ ހިންގުން ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރުމަށް ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ޕީޕީއެމް ގެ ބައެއް ލިޔެކިޔުންތައް ގެއްލިފައިވާކަމަށްބުނެ ރައީސް ޔާމީން ގެ ފެކްޝަނުން ފުލުސް އޮފީހަށް މައްސަލަ ހުށައެޅުމާއި ގުޅިގެން ނެވެ.
ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ