މުދަލުގެ ޒަކާތުގެ ގޮތުގައި މީހަކަށް 5،500ރ. ބަހައިފި

މިއަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި މީހަކަށް 5،500ރ. ބަހައިފި އެވެ. 
މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ  ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.
އެއިން ކޮންމެ މީހަކަށް 5،500ރ. ގެ މަގުން ޖުމްލަ 13.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ. 
ޒަކާތު ހައުސް އިން ބުނިގޮތުގައި، މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. އަދި އެއީ މިހާތަނަށް މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދު ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާފައިވަނީ މީހަކަށް 5،000ރ. އެވެ.
މިދިޔަ އަހަރު ނިމުނުއިރު މުދަލުގެ ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އެއީ އޭގެ ކުރީގެ އަހަރަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މުދަލުގެ ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ލިިބިފައިވަނީ 102 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ