ވޯލްޑް ކަޕާ ދިމާކޮށް އޫރީދޫއިން ޚާއްސަ ކެމްޕޭނެއް

ފީފާ ވޯލްޑް ކަޕާ ދިމާކޮށް އޫރީދޫ މޯލްޑިވްސްއިން "ފުޓްބޯލް އެކްސައިޓްމަންޓް" ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް މިއަދު އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭނުގެ ދަށުން ޚާއްސަ ޑޭޓާ ޕެކޭޖުތަކާއި، ސުޕަނެޓް ޕްރޮމޯޝަންތަކުގެ އިތުރުން 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.
މި ކެމްޕޭނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޖޫން 10 އިން ޖުލައި 20 ގެ ނިޔަލަށް ޚާއްސަ މީޑިއާނެޓް ޓީވީ ޕެކޭޖެއް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕެކޭޖުގައި 3ޖީބީ ޑޭޓާ އާއި މުބާރާތް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން ހިމެނެއެވެ. މީގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް ވޯލްޑް ކަޕް މެޗުތައް ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް ވެސް މި ކެމްޕޭނުގެ ދަށުން ޚާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޖޫން 10 އިން ޖުލައި 31 ގެ ނިޔަލަށް ޝަރުތުހަމަވާ ކަސްޓަމަރުންނަށް މިހާރު ގެންގުޅޭ ޕެކޭޖުގެ އަގުގައި ތިން މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑްތަކަށް ޕެކޭޖް އަޕްގްރޭޑް ކޮށްދެވޭނެއެވެ. ޕްރޮމޯޝަން މުއްދަތު ހަމަވުމުން، ޕެކޭޖް ދަށްނުކުރާނަމަ އަޕްގްރޭޑް ކުރި ޕެކޭޖުގެ އަސްލު އަގު ނަގަން ފަށާނެއެވެ.
މީގެ އިތުރުން، ކެމްޕޭން މުއްދަތުގައި އަލަށް ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނެއް ނަގާ ފަރާތްތަކާއި، މިހާރު ބޭނުންކުރާ ޕެކޭޖް އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ލިބޭނެއެވެ.
އޫރީދޫއިން ވަނީ ރެޑްވޭވްއާ ގުޅިގެން ހައިސެންސް ޓީވީތަކަށް 12 މަސް ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްވެސް ތައާރަފްކޮށްފައެވެ. ޝަރުތުހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް އޫރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ޕްލޭނަށް އެދި ހުށަހެޅޭނެއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ކަނެކްޓިވިޓީއާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދީ، ވޯލްޑް ކަޕް ބެލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް އޫރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ