ރާއްޖޭގެ ކަރަންޓުގެ ކަންކަން ރަނގަޅުކުރުމަށް އީޔޫ އިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު ޢަބްދުﷲ ޖިހާދުއެވެ. ޔޫރަޕިއަން އިންވެސްޓްމަންތް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ މިރަސްމިއްޔާތަށް އެބޭންކުން ފޮނުވި މަންދޫބު. ބޭންކުގެ ލޯން އޮފިސަރ މރ. ރެންޓާލް އެވެ.
ސްޓެލްކޯގެ މެނޭޖިންދ ޑިރެކްޓަރ ޢަބްދުއްޝުކޫރު އާއި ފެނަކަ ކޯޕޮރޭޝަނުގެ އެމްޑީ މުޙައްމަދު ނިމާލް ވެސް މިއެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މިލޯނަކީ 3.31 އިންސައްތައިގެ އިންޓަރެސްޓާއިއެކު 3 އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު 15 އަހަރުގެ މުއްދަތުގައި އަނބުރައި ދައްކަންޖެހޭ ލޯނެކެވެ. މި 129 މިލިއަން ޑޮލަރުގެ ލޯނުގެ ކަންކަން ބަލަހައްޓަމުން ގެންދާނީ އޭޑީބީ އިންނެވެ.
މިރަސްމިއްޔާތުގައި އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން ވިދާޅުވީ ރާއްޖޭގެ ކަރަންޓުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށާއި އިޢާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ބޭރުގެ އެކި ފަރާތްތަކުން 129 މިލިއަން ޑޮލަރު ލިބުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޢަބްދުލްމަތީން ވިދާޅުވީ 129 މިލިއަން ޑޮލަރުގެ ލޯނު މަޝްރޫއަށް ދިވެހި ސަރުކާރުން 14 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ.
ޢަބްދުލްމަތީން ވިދާޅުވީ މިމަޝްރޫއަށް ކްލައިމެޓް އިންވެސްޓްމަންޓް ފަންޑުން 30 މިލިއަން ޑޮލަރުގެ އެހީއެއް ލިބިފައިވާ ކަމަށެވެ. އެ 30 މިލިއަން ޑޮލަރު ދެބައަކަށް ބަހައި އެއްބައި ވޯލްޑް ބޭންކާއި އޭޑީބީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. "އޭޑީބީއަށް 12 މިލިއަން ޑޮލަރު ދިނީމާ އޭޑީބީން ނިންމީ 38 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދިނުމަށް."
ޢަބްދުލްމަތީން ވިދާޅުވީ މިމަޝްރޫއަށް އައިޑީބީން 10 މިލިއަން ޑޮލަރު އަދި ޖަޕާން ސަރުކާރުގެ އެހީގައި 5.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. "ޖަޕާނުގެ ހިލޭ އެހީ ބޭނުންކުރެވޭނީ އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓުގެ 50 އަކީ އިޢާދަ ކުރަނިވި ހަކަތަ ކަމުގައި ހެދުމުގެ މަޝްރޫއަށް."
މިލޯނު އެހީގެ ބޭނުންކޮށްގެން މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިޔުގަ ކޭބަލަކުން ގުޅައިލުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދާނެއެވެ. އަދި ރާއްޖެތެރޭގެ ރަށްރަށުގައި ހުރި ކަރަންޓު ވިޔުގަތައް އަޕްގްރޭޑް ގްރޭޑް ކުރުމާއި އެނޫންވެސް އެފަދަ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.
ރާއްޖޭގެ ކަރަންޓުގެ ކަންކަން ރަނގަޅުކުރުމަށް އީޔޫ އިން 50 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގަ ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ