ނައިބު ރައީސް އަދީބާއި ޒިޔަތުގެ ބަންދުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ދޫނިދޫގައި މިވަގުތު ހުންނެވި ނައިބު ރައީސް އަހުމަދު އަދީބާއި ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ތަހުގީގަށް ބަންދުގައި ބައިތިއްބަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
އެދެބޭފުޅުންގެ މައްސަލަ ކޯޓުން ބަލައިގަތީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ. އެކަން ވަނީ ހައިކޯޓުން ވީނިއުސްއަށް ކަށަވަރުު ކޮށްދީފައެވެ.
ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވާލި ހާދިސާގެ ތުހުމަތުގައި ނައިބު ރައީސް އަދީބު ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާއިރު ޒިޔަތުގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ