މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ މާލެ ސިޓީގެ މަގުތައް ކޮނުމަށް ސިޓީ ކައުންސިލުން ދޫކުރާ ހުއްދަތަކުގެ އަގުބޮޑުކޮށްފިކަމަށް ބުނެ ސްޓެލްކޯއިން ހުށަހެޅި މައްސަލައެކެވެ. އެ އަގުތައް ބޮޑުކުރި އުސޫލު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމާފައިވެއެވެ.
ސްޓެލްކޯއިން މައްސަލަ ހުށަހެޅިކަން އިއުލާނުކުރަމުން ބުނެފައިވަނީ އެ އުސޫލުތަކަކީ ރައްޔިތުންނަށް ޖެއްސުންކޮށް މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ގަސްތުގައި ސިޓީ ކައުންސިލުން ހެދި އުސޫލެއް ކަމަށެވެ.
އަމުރު ބާތިލުކުރަން އެދުމާއެކު، އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ އަމުރަށް އަމަލުކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް ސްޓެލްކޯއިން އެދުނެވެ.
މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެފައިނުވަނީ މައްސަލަ ހުށަހެޅިއިރު ޤާނޫނާ ޚީލާފުވިކަމަށް ބުނެ ސްޓެލްކޯއިން އުފުލި ދައުވާގައި ސިޓީ ކައުންސިލުގެ އުސޫލުތައް ޤާނޫނާ ޚިލާފުވި ގޮތެއް ބަޔާންކޮށްދީފައި ނެތުމުންކަމަށް ހައިކޯޓުގެ ރަޖިސްޓަރާގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އާންމުންނަށް ޚިދުމަތް ދިނުމަށް ކޮންނަން ބޭނުންވާ ހާލަތުގައި އެކަންކުރުމަށް އެ ކައުންސިލުން ނަގަމުން އައި އަގުތައް ބޮޑުކޮށްފައިނުވާނެ ކަމަށެވެ. ހަމައެކަނި އަގު ބޮޑުކުރީ ކުންފުނިތަކުގެ އިމާރާތްތަކަށް ކޭބަލް އެޅުމަށް މަގު ކޮންނަން ދޫކުރާ ހުއްދައިގެ އަގު ކަމަށެވެ.
މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ