އަފީފުއްދީން ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަޖީދީ ހައުސް ހޯދައިފި

އަފީފުއްދީން ސްކޫލުން، އެ ސްކޫލްގެ ހައުސްތަކުގެ މެދުގައި ބާއްވާ 17 ވަނަ އިންޓަރ ހައުސް ސީނިއަރ ފުޓުބޯޅަ މުބާރާތް މަޖީދީ ހައުސް ކާމިޔާބުކޮށްފި އެވެ.
މި މަހު 18 ން 24 ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ މަޖީދީ ހައުސް އާއި ފަރީދީ ހައުސް އެވެ.
ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދް (ޑޭވިޑް) އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ:
އާޔަން އަބްދުއް ރަޝީދު - މަޖީދީ ހައުސް
އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ:
އަލީ ނައުފަލް އަލީ- މަޖީދީ ހައުސް
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ
މުހައްމަދު އަބާން އަބްދު ރަޝީދް- މަޖީދީ ހައުސް (8 ގޯލް)މުހައްމަދު ޔަނާލް ޔޫސުފް - މަޖީދީ ހައުސް (8 ގޯލް)
އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:
މުހައްމަދު އަބާން އަބްދު ރަޝީދް- މަޖީދީ ހައުސްއަބްދުﷲ ތޯހީމް - ފަރީދީ ހައުސްސިޒާން އަލީ ރިޒާ - އަމީނީ ހައުސްނޯރަށްދީން ގޯޑާ މުސްތަފާ ގޯޑާ- ގާޒީ ހައުސްމުހައްމަދު ޔަނާލް ޔޫސުފް - މަޖީދީ ހައުސް
ފައިނަލްގައި މަޖީދީ ހައުސް އާއި ފަރީދީ ހައުސް ބައްދަލުކޮށް މަޖީދީ ހައުސް ޗެމްޕިއަންކަން ހާސިލްކޮށްފައިވަނީ 5 ލަނޑު 6 ލަނޑުން ކާމިޔާބުކޮށެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަޖީދީ ހައުސްގެ މުހައްމަދު ޔަނާލް ޔޫސުފެވެ.
މިއަދު ހަވީރު އެ ސްކޫލްގެ އިންޓަރ ހައުސް ސީނިއާރ ނެޓްބޯޅަ މުބާރާތް ވަނީ ފަށާފަ އެވެ. އެ މުބާރާތް ކުރިއަށްދަނީ ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓްގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ