މޫސުން ގޯސް، ގުގުރުމާއެކު ވިއްސާރަ ކުރާނެ

ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ ގުގުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާ ކޮށްފި އެވެ. މެޓުން ބުނެފައިވާ ގޮތުގައި ރާއްޖޭ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެ އެވެ.އިއްޔެވެެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެފައި ވެއެވެ.މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު ސަމާލުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.ރާއްޖޭގައި އާންމުކޮށް އޮންނަ ދެ ނަކަތުގެ ތެރެއިން މިހާރު ހިނގަމުންދާ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމުގައިވާ ދޮށަ ނަކަތް، ޑިސެންބަރު 9 ގައި ނިމި، އިރުވައި މޫސުން ފެށޭނީ ޑިސެންބަރު 10ގަ އެވެ. އެ މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތް ނިމޭނީ ޑިސެންބަރު 22 ގަ އެވެ.ހުޅަނގު މޫސުމުގައި 18 ނަކަތް އޮންނައިރު، އިރުވައި މޫސުމުގައި އޮންނަނީ ނުވަ ނަކަތެވެ. ނަކަތެއްގެ ދިގުމިނަކީ 13 ނުވަތަ 14 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ