ޤިޔާމަތް ދުވަހު މަރު ކަތިލައްވަވާނެ! ނަރަކައިގެ ގަދަފަދަ ޢަޛާބުގަވެސް އެއްވެސް މީހަކު މަރެއް ނުވާނެ!

ޝައިޚް މުސްލިމް އަބޫ ސަޢީދުލްޚުދްރީ ފަރާތްޕުޅުން މި ރިވާޢަތް އައިއްސަވޭ -- " ޤިޔާމަތް ދުވަހު މަރު ޙަޒިރު ކުރެވޭނެއެވެ." -- " ކަންބަޅި ބަކަރިއެއްގެ ސޫރައިގަ" ބަކަރިއެއްގެ ސޫރައިގަ އެއީ ކުލަ ކަޅު ދަޅު ހުންނަ ބަކަރިއެއް، އެ ބަކަރިއެއްގެ ސޫރައިގައި މަރު ހާޒިރުކުރެވޭނެއެވެ. -- އެ މަރު ގެނެސް ސުވަރުގެއާއި ނަރަކައާއި ދޭތެރޭގައި ބެހެއްޓޭނެއެވެ." --- " ދެން ނިދާ އިއްވޭނެއެވެ." --- " އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ، ސުވަރުގޭގެ ހުރިހާ މީސްތަކުން އެއަޑު އަހާނެ. އެ ނިދާ އެއީ. --- " މީ ކޯއްޗެއްކަން ތިޔަބައިމީހުން ދަންނަމުހެއްޔޭ؟". --- " އެ ނިދާޔަށް، އެމިހުންގެ ކަންފަތްތަކުގަ އެ ނިދާ އައިސް ޖެހުނީމަ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ، ސިފަ ކުރައްވަނީ މީސްތަކުން ކަރުތައް އުފުލާ އެއަށް ބަލާނޭ." --- " އެއަށް ބަލާނޭ. އެއީ ކޯންޗެއްތޯ؟ ސުވަރުގޭގެ ހުރިހާ އަހުލުވެރިން އެބައިމީހުންގެ ކަނދުރާތައް އުފުލާ އެއީ ކޯންޗެއްތޯ އެއަށް ބަލާނޭ." -- ބުނާނޭ " އާއެކޭ، ތީ ކޯންޗެއްކަން އެނގެއޭ، ތީ މަރެވެ." 
- " އޭ ނަރަކައިގެ އަހުލުވެރިންނޭ." ހަމަ އެނިދާ ނަރަކައިގެ އަހުލުވެރިންނަށް އިއްވޭނެ. -- " ކަލޭމެން ދަންނަމުތޯ މީ ކޯއްޗެއްކަން." --- " ނަރަކައިގެ އަހުލުވެރިން، އެމީހުން ކަނދުރާތައް އުފުލާ އެއަށް ބަލާނޭ. --- " އާއެކޭ، ތިޔައީ މަރޭ. އަހަރެމެން ދަންނަމޭ ތީ ކޯއްޗެއްކަން." --- " ދެން މާތް ﷲ ގެ އަމުރުފުޅަށް އެ މަރު ކަތިލެވޭނެ" އެންމެން ބަލަހައިޓައިގެން ތިއްބާ. ސުވަރުގޭގެ އަހުލުވެރިން އެމީހުންގެ ކަނދުރާތައް މައްޗަށް އުފުލައިގެން އެއަށް ބަލަހައްޓައިގެން ތިއްބާ، ނަރަކައިގެ އަހުލުވެރިން އެމީހުންގެ ކަނދުރާތައް އުފުލައިގެން އެއަށް ބަލަހައްޓައިގެން ތިއްބާ، އެންމެންގެ ލޯމަތީގައި މަރު ކަތިލެވޭނެ.  
ދެން ބައްލަވާ އެއަށްފަހުގަ ނިދާ އިއްވޭނޭ --- " އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ، ދާއިމީ ޙަޔާތެކޭ، ދެން މަރުވުމެއް ނުވޭ." ބިރުވެރިކަން އެއްކޮށް ފިލާ ދިޔައީ. --- " އޭ ނަރަކައިގެ އަހުލުވެރިންނޭވެ، ދާއިމީ ދެމިތިބުމެކޭ، ތިޔަބައިމީހުން މަރުވުމެއް ނުވޭ."  
- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ