ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް އިސްލާހުތަކެއް

ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުގް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ 2 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭ.އެސް.ސީ. ގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީ. ގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.
މިގޮތަށް ހުށަހެޅީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގަ. – ރިއްފަތު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރިއްފަތު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށާއި، މި މަސައްކަތްވަނީ 2019 ގައި ފަށާފައި ކަމަށެވެ. އަދި މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށްވަނީ ހުށަހަޅާފައި ވާއިރު، މިއަދު ހުށަހެޅި 2 ބިލާއެކު މިއިޞްލާޙީ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ