ރާއްޖެގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އެންޑީ އަބްދުﷲ އަވަހާރަވެއްޖެ
ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) މިއަދު އަވަހާރަވެއްޖެ އެވެ. އެންޑީ އަބްދުﷲގެ އާއިލާގެ ބޭފުޅަކު "ސަން"އަށް ވިދާޅުވީ އެމަނިކުފާނު އަވަހާރަވީ މިއަދު ހަވީރު 5:30 ހާއިރު ކުއްލިއަކަށް ސްޓްރޯކެއް ޖެހުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަނީ 81 ކެވެ. ލޮލުގެ ބަލިތަކަށް ފަރުވާދެއްވުމަށް ހާއްސަ ޑރ. އެންޑީ އަބްދުﷲ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރު ހޮސްޕިޓަލުގައި ހިދުމަތް ކުރައްވާފަ އެވެ. އަދި ހޮސްޕިޓަލުގެ ގިނަ މަގާމުތަކެއް ވެސް އެންޑީ އަބްދުﷲ ވަނީ ފުރުއްވާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެމްބަރުކަން ވެސް ޑރ. އަބްދުﷲ ވަނީ ކުރައްވާފަ އެވެ. އެމަނިކުފާނު އަވަހާރަވީއިރު ދުނިޔޭގައި އަނބިކަނބަލަކާއި އަންހެން ބޭކަނބަލެއް އަދި ފިރިހެން ދެބޭފުޅުންނާއި ކާފަ ވިދާޅުވާ ހަތަރު ބޭފުޅުންގެ އިތުރުން މުނިކާފަ ވިދާޅުވާ އެއް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ