ޕީސީބީގެ ބޯޑަށް އަހުމަދު ނަޝާތު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ. ރައީސް މިއަދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އަހުމަދު ނަޝާތެވެ.އަހުމަދު ނަޝާތު އެންމެފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓު ކައުންސެލްގެ މަގާމުގަ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މިޑުލްސެކްސް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަޙްމަދު ނަޝާތު އައްޔަންކުރައްވާފައިވަނީ ޤާނޫނީ ދާއިރާގެ މެންބަރުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ