ފަނޑިޔާރުގެތަކުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލަން: މާލެ ސިޓީ ކައުންސިލު

ފަނޑިޔާރުގެތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލުން ސުޕްރީމް ކޯޓަށް ގޮވާލައިފިއެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ކުރެވުމާއި އެކު، ކަންބޮޑުވުން ފާޅުކުރައްވާ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން، ސަރުކާރުން ދަނީ ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލަމުންނެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށްވެސް ނުފޫޒު ފޯރުވާފައިވާތީ އެކަމާއި އިންތިހާއަށް ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައިވާގޮތުން، ގާޒީއަށް މަޖުބޫރު ކުރުވައިގެން ރައީސް ސާލިހު އެދިވަޑައިގެންނެވި ގޮތަށް ހުކުމް ކޮށްފައިވާކަން އަދި ގާޒީގެ އާއިލީ ބޭފުޅުންތަކަކަށް ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ލިބިފައިވަނީ ޝަރީއަތާއި ގުޅިގެންކަން ސާބިތު ކުރެވިއްޖެ ހާލަތެއްގައި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ހުކުމެއްކަން ހާމަވެގެންދާނެކަމަށެވެ.
Statement regarding concern over the Government's interference in the independent judiciary, and in this week's sentencing of President Abdulla Yameen Abdul Gayoom. pic.twitter.com/cUEo8pVpRb
— Male' City Council (@MaleCitymv) December 27, 2022
ސިޓީ ކައުންސިލުން ބުނެފައިވާގޮތުން، ރާއްޖޭގެ ފަނޑިޔާރުގެތަކުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ކިބައިން އެ މުއައްސަސާއިން އެދެއެވެ. އަދި ރައީސް ޔާމީނާއިމެދު އަދުލުވެރިކަމާއިއެކު ކަންކަންކޮށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްވެސް ސިޓީ ކައުންސިލުންވަނީ ގޮވާލާފައެވެ.
ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކޮށްފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލުވަނީ 6 މަސް ދުވަހުގެ ތެރޭގައި 5 މިލިއަން ޑޮލަރު ދެއްކުމަަށްވެސް ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ. އިދިކޮޅުން ބުނާގޮތުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެވިފައިވަނީ ނުހައްގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ