ޓެންކަރުތަކާއި ބަރު ހަތިޔާރުން ބިރު ދައްކާލީމަ, ރައްޔިތުން ސިހި ފަހަތަށް ޖެހި, ބިރުން ރަޖާލާނެ ކަމަށް މުއިއްޒުއަށް ކުރެވޭ ހީއަކީ ބޮޑު ކުށްހީއެއް!

މި ސަރުކާރު ޒިންމާދާރު ކުރުވުމަށް, އިދިކޮޅު އެމްޑީޕީން މާދަމާ ރޭ ބޮޑު އިހުތިޖާޖަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް, ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ބޮޑެތި ލޮރީތަކުގައި އެމްއެންޑީއެފުގެ ދެ ޓޭންކަރާއެކު މާލޭގައި މިރޭ ދުންވަން ފަށައިފި އެވެ.
ރައޮޓް ގިޔަރު އަޅައިގެން ތިބި ސިފައިން ޝީލްޑުތައް ހިފައިގެންސިފައިންގެ ލޮރީތަކުގައި ނުކުމެގެން މިރޭ ދިޔައީ ސިފައިންގެ މައި މަރުކަޒުންނެވެ. އެ ލޮރީތަކާއެކު ސިފައިންގެ ޓޭންކަރުތައް ވެސް ބަންޑާރަ ކޮށިން ނިކުމެގެން ދިޔަ އެވެ. އެ އުޅަނދުތައް ދުއްވާފައި ދިޔައީ ހުޅުމާލެއަށެވެ.
ބަރު ހަތިޔާރާއެކު ސިފައިން މިރޭ މާލެ ސަރަހައްދުގައި ސިފައިން ދަން ގަޑިއެއްގައި ހަރަކާތްތެރިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން މިރޭ ޓޭންކަރުތަކާއެކު ހަރަކާތްތެރިވިއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ މާދަމާރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވަމުންނެވެ. ނަމަވެސް ސިފައިން ހަރަކާތްތެރިވުމާ އެމްޑީޕީގެ ހިނގާލުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން މާލޭގައި ބާއްވާ އެފަދަ އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރިވެފައިވެ އެވެ. ފެބްރުއަރީ 7، 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީ ވެސް ސިލްސިލާ މުޒާހަރާތަކެއް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްތްކެއް ކުރަމުން ގޮސް، މުޒާހަރާތަކުގައި ސިފައިންނާއި ފުލުހުން ބައިވެރިވެގެންނެވެ.
އެހެންނަމަވެސް, ރައްޔިތުން ސުލްހަވެރި އިހުތިޖާޖަކަށް ނިކުންނާތީ ބަރު ހަތިޔާރު, އެއްވެސް ވެރިކަމެއްގައި މި އުސޫލުން މަގުތަކަށް ނެރެ, އާންމު ރައްޔިތުންނަށް ބިރު ދެއްކުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
މިރޭ މާލޭގެ މަގުތަކަށް ބަރުހަތިޔާރު ނެރުމާއި ގުޅިގެން އާންމު ރައްޔިތުންގެ މެދުގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.
އެހެންނަމަވެސް, ގާނޫނު އަސާސީން ރައްޔިތުންނަށް ލިބި ދީފައިވާ މިނިވަންކަމާއި ހައްގުތައް ޓޭންކަރުތަކާއި ބަރު ހަތިޔާރުން ބިރު ދައްކައިގެން ނިގުޅައިގަނެވިދާމެކަމަށް މުއިއްޒުއަށް ހީ ކުރެވުމަކީ ހަގީގަތުގައިވެސް މުއިއްޒުގެ ވިސްނުމުގެ ކޮށިކަން ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކުރާން ފަށާފައެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި, ދިވެހި ކާބަފައިންނަކީ މާޒީވެދިޔަ ތަނުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެކޮޅަށްވެސް ޖިހާދުކޮށް, އަޅުވެތިކަމާއި ދެކޮޅަށް ހަށިފޮޅާލި އަބުތާކުންތަކެއްކަން ދިވެހި ތާރީޚުން ވަރަށްވެސް ފުރިހަމަޔަށް އޮތީ ފެންނާށެވެ. އަދި ފަހުގެ ޒަމާނުގައި ދިވެހިން ކުރިމަތިލީ ނޮވެމްބަރު 3ގެ އުދުވާންގައިވެސް ދިވެހި އަބުތާލުން ދެއްކި ހިތްވަރާއި ފަންވަރުން ސާބިތުވާން އޮތް އެއް ހަގީގަތަކީ ދިވެހިންނަކީ ކަނޑިއާއި ބަޑީގެ ކުރިމަތީގައި ބޯ ގުދުކުރާނޭ ބައެއް ނޫންކަމެވެ.
އެހެންކަމުން, ދިވެހިރައްޔިތުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކުން މަހުރޫމް ކުރުވުމަށް, ޓެންކަރާއި, ބަރު ހަތިޔާރުން ބިރު ދެއްކިދާނެކަމަށް މުއިއްޒުއަށް ހީކުރެވުމަކީ ހަގީގަތުގައިވެސް މުއިއްޒުގެ ވިސްނުމުގެ ކޮށިކަމެވެ. ވަލިއްޔުލްއަމުރުގެ މަގާމަށް ތަސައްރަފް ނުފުދޭކަމުގެ ފުރިހަމަ ހެއްކެވެ.
ޓެންކަރާއި ބަރުހަތިޔާރުތަކަށް ދިވެހިންނެއް ނުސިހޭނެއެވެ. ކަށިން ހިތްވަރުނެރެ, މިއަނިޔާވެރި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ރައްޔިތުން މިއަދު ތިބީ އަތުކުރު އޮޅާލައިގެންކަން ފެންމުންދާ މަންޒަރުތަކުން ދަނީ ވަރަށްވެސް ފުރިހަމަޔަށް ސާބިތު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ