ދިވެހި ފިރިހެނަކު މާލޭގެ ގެއެއްގައި ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި މި ކުށުގެ މައުލޫމާތު ފުލުހަށް ލިބުނީ އިއްޔެ އެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެ މީހާ ސަލާމަތް ކުރީ މިއަދު އެވެ.
ތަފްސީލް - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
އިބްރާހީމް ސައީދު، 48، ސުވާސާގެ/ ސ. ފޭދޫ
ހައްޔަރުކުރީ ކުށުގެ ވެށިން
މި މައްސަލާގައި އަނިޔާ ލިބިފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން ވަނީ މިއަދު ހެނދުނު މާލޭގެ އެހެން ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީ ފިރިހެނަކު ވެސް ސަލާމަތްކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ