މިދިޔަ އަހަރު ޖުމްލަކޮށް ހުރިހާ ޕެންޝަނެއް އެއްކޮށް ބަލާނަމަ ދައުލަތުން 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ކުރި 2023 ވަނަ އަހަރު މި އަދަދު ހުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަނަށް މިދިޔަ އަހަރު ދޫކުރި ފައިސާގެ ނިސްބަތް 13 ޕަސެންޓް އިތުރުވެ އަސާސީ ޕެންޝަން ދޫކުރި ނިސްބަތް ހަތް ޕަސެންޓަށް އުފުލިއްޖެ އެވެ.
ޕެންޝަން އޮފީހުގެ މައުލޫމާތުގެ މައްޗަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 165 މިލިއަން ރުފިޔާ ވަނީ ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފަ އެވެ. މިއީ ކުރީ އަހަރު ދޫކުރި 146 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ކުރީ އަހަރު މި އަދަދު އުޅެނީ 1.2 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަން ދިން މިންވަރު ފިރިހެނުންނަށްވުރެ އަންހެންނުންނަށް ގިނަ އެވެ. ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު އަންހެނުންނަށް 38 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު މި އަަދަދު އުޅެނީ 27 މިލިއަން ރުފިޔާގަ އެވެ. އަދި ފިރިހެންނަށް މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 126 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ކުރި އަހަރު މި އަދަދު އުޅެނީ 118 މިލިއަންގަ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުން ދޫކުރި އަސާސީ ޕެންޝަންގެ ތެރޭން އަންހެނުންނަށް 638 މިލިއަން ރުފިޔާ އަދި ފިރިހެނުންނަށް 635 މިލިއަން ދޫކޮށްފައިވެ އެވެ.
ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން އެހެނިހެން ޕެންޝަނަށް މިދިޔަ އަހަރު 364 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅެނީ 358 މިލިއަން ރުފިޔާގަ އެވެ. އަދި މިދިޔަ އަހަރު ޖުމްލަކޮށް ހުރިހާ ޕެންޝަނެއް އެއްކޮށް ބަލާނަމަ ދައުލަތުން 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ކުރި 2023 ވަނަ އަހަރު މި އަދަދު ހުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެކެވެ. ޖުމްލަ ޕެޝަން ފައިސާގެ ތެރޭން ތިން ބާވަތުގެ ޕެންޝަން ދޭން 807 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރި އެވެ. އަދި ފިރިހެނުންނަށް 745 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޕެންޝަން އަދަދު މައްޗަށް | ރިޓަޔަމަންޓް ޕެންޝަން 13% އަސާސީ، ޕެންޝަން 7 % އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ