ވިލާ ކޮލެޖުން ޓައިމްސް ހަޔަ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންސް 2025ގައި ރޭންކު ކުރި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތައުލީމީ މުއައްސަސާގެ ޝަރަފު ހޯދައި ދުނިޔޭގެ ނިސްބަތުން އެންމެ މަތީ %20 ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.
އެނގުން މުހިންމު - ޓައިމްސް ހަޔާ އެޑިއުކޭޝަނަކީ ދުނިޔޭގެ މަތީ ތައުލީމު ދޭ މަރުކަޒުތައް ރޭންކް ކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އަދި އެންމެ އިތުބާރު ލިބިފައިވާ އެއް މުއައްސަސާއެވެ.
ވީ ކިހިނެއް؟ - ވިލާ ކޮލެޖު ވަނީ ޖުމްލަ 100 އިން 75.6ގެ ސްކޯއަކާ އެކު، ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑްގައި ޖާގަ ހޯދައި ދުނިޔޭގެ ނިސްބަތުން އެންމެ މަތީ %20 ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނިފަ އެވެ.
މި ރޭންކިންގައި ޔުނިވަސިޓީތައް ރޭންކު ކުރުމުގައި ބަލަނީ ހަތަރު ދާއިރާއަކަށެވެ. އެއީ:
ދިރާސާ
ސްޓްވަޑްޝިޕް
އައުޓްރީޗް
ޖުމްލަ %27 ހާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ދިރާސާތައް ޔުނިވަސިޓީތަކުން ހަދާ މިންވަރަށް
ވިލާ ކޮލެޖުން މި ރޭންކިންސްއަށް މުހިންމު 5 އެސްޑީޖީ ކެޓެގަރީއެއްގެ ދަށުން މައުލޫމާތު ހުށަހަޅާފައިވެ އެވެ. ވަޒަންކުރެވުނު ހުރިހާ އެސް.ޑީ.ޖީތަކުން ވެސް ވަނީ ދުނިޔޭގެ އެވްރެޖަށްވުރެ މަތީ ސްކޯތަކެއް ހޯދާފައެވެ.
އެސް.ޑީ.ޖީ 4: ކޮލިޓީ އެޑިޔުކޭޝަން (ފެންވަރު ރަނގަޅު ތަޢުލީމު)
ފެންވަރު ރަނގަޅު ތަޢުލީމުގެ ކެޓެގަރީގައި ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,975 ޔުނިވަރސިޓީގެ ތެރެއިން 101-200 އާއި ދެމެދުގެ ބޭންޑް ގައި ރޭންކްކުރެވިފައެވެ. 73.9 ގެ ސްކޯއަކާއެކު، ވިލާ ކޮލެޖް ވަނީ އެންމެން ޝާމިލުވާ، ފެންވަރު ރަނގަޅު ތަޢުލީމަށް މަސައްކަތްކުރުމުގައި ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 10 ޕަސެންޓްގެ ތެރޭގައި ހިމެނިފައެވެ.
އެސްޑީޖީ 5: ދެ ޖިންސުގެ ހަމަހަމަކަން - ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,559 މުއައްސަސާގެ ތެރެއިން ގަދަ 201-300ގެ ބޭންޑްގައި ހިމެނިފައި؛ ދުނިޔޭގެ އެވްރެޖް ކަމަށްވާ 44.7އަށް ވުރެ މަތިން، 62.1ގެ ސްކޯއަކާ އެކު ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަސިޓީތަކުގެ އެންމެ މަތީ %20ގައި ހިމެނިފައި
އެސްޑީޖީ 16: ޕީސް ޖަސްޓިސް އެންޑް ސްޓްރޯން އިންސްޓިޓިއުޝަންސް - ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,265 މުއައްސަސާގެ ތެރެއިން ގަދަ 201-300ގެ ބޭންޑްގައި ރޭންކްކުރެވިފައި؛ 64.9ގެ ސްކޯއަކާ އެކު މި ކާމިޔާބީއާ އެކު ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަސިޓީތަކުގެ އެންމެ މަތީ %25ގެ ތެރޭގައި ހިމެނިފައި
އެސްޑީޖީ 17: ޕާޓްނަޝިޕް ފޯ ގޯލްސް - 86.5ގެ ފާހަގަކޮށްލެވޭ ސްކޯއަކާ އެކު ވިލާ ކޮލެޖް ވަނީ މި ދާއިރާއިން ދުނިޔޭގެ 2,389 މުއައްސަސާގެ ތެރެއިން ގަދަ 201-300 ބޭންޑްގައި ރޭންކްކުރެވިފައި؛ މިދާއިރާގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ޔުނިވަސިޓީތަކުގެ އެންމެ މަތީ %15ގެ ތެރޭގައި
ބުނީ ކީކޭ؟ - "އެތައް އެސްޑީޖީއަކުން އަޅުގަނޑުމެން ހޯދާފައިވާ ރަނގަޅު ނަތީޖާއިން، ހާއްސަކޮށް ފެންވަރު ރަނގަޅު ތައުލީމާއި ޕާޓްނަޝިޕްގެ ދާއިރާއިން ހޯދާފައިވާ ނަތީޖާއިން ދައްކައިދެނީ ފެންވަރު ރަނގަޅު މަތީ ތައުލީމް ދިނުމަށް އަޅުގަނޑުމެން ގެންގުޅޭ ޝާމިލު ވިސްނުމާއި ޒިންމާދާރު 'ގްލޯބަލް ސިޓިޒަންސް' ބިނާކުރުމަށް އަޅުގަނޑުމެންގެ ހުރި ވިސްނުން އަދި އިސްކަންދޭ މިންވަރު،" ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބް ވިދާޅުވީި އެވެ.
މިއީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށް އެ ކޮލެޖުން ބުންޏެވެ. އޭގެ ބަދަލުގައި މިއީ، އެ ކޮލެޖުން ބުނި ގޮތުގައި، މުޅި ރާއްޖެއަށް ލިބުނު ފަހުރެކެވެ.
"މިފަދަ ޝަރަފެއް ހޯދި ރާއްޖޭގެ ފުރަތަމަ މުއައްސަސާއަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ދުނިޔެއަށާއި ގައުމަށް ފައިދާ ހުރި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގައި ނަމޫނާއެއްގެ ގޮތުގައި އިސްވެ، މަސައްކަތް ކުރުމުގެ އަޒުމުގައި އަޅުގަނޑުމެން އަބަދު ވެސް ދެމިތިބޭނަން،" ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖު ދުނިޔޭގެ އެންމެ މަތީ %20 ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ