މާލޭ ބޭރު މަަގުގެ ހެންވޭރުގެ ވަކި ހިސާބެއްގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލޭގެ މަގުތަކުގައި ދަތުރުކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިފަހުން އަނެއްކާވެސް ކުރަން ފަށާފަ އެވެ. އެގޮތުން، މަޖީދީ މަގުގައި ޕާކްކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފެށި އެވެ.
މިފަހަރު ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަނީ ބޭރު ބަގުން ހެންވޭރު ސަރަހައްދުންނެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ:
މެހެލި ގޯޅި (މާގިރި ހޮޓާ ހުންނަ ކަންމަތި ގޯޅިން) ފެށިގެން ހިތިގަސް މަގު (ބްރައިން ރެސްޓޯރެންޓް ހުންނަ) ކަންމައްޗާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯ ކުރަމުން ގެންދާނެ
އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ
މިގޮތަށް ޓޯ ކުރެވޭ އުޅަނދެއް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން
ފުލުހުން އިލްތިމާސް ކުރީ އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް ސަމާލުކަން ދިނުމަށެވެ.
ބޭރު މަގުގެ ހެންވޭރާވީ ކޮޅުން ވެސް އުޅަނދުތައް ނަގަނީ؛ ލިބޭނީ 2 ދުވަސް ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ