އެންމެ އިންތިޒާރު ކުރަނީ ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދުވާނެ ދުވަހަކަށް، މިހާރުވެސް ލަސްވެެއްޖެ: ޝެއިހް ސަމީރު

ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވަޤުފާއި ބެހޭ ޤާނޫނެއް ވަރަށް މުހިންމު ކަމަށާ އެފަދަ ޤާނޫނެއް ހެދުން މިހާރު ވެސް ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށް ޖަމިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލްވުން ފެށުމާއި އެ ޖަމިއްޔާގެ ދުވާތުންގެ މަޖިލީސް އިފްތިތާހު ކުުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ރާއްޖެ އަކީ ކުރީން ވަރަށް ބޮޑަށް ވަޤުފުގެ މަޝްރޫއު އޮތް ޤައުމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ވަޅުލެވި ގޮސްފައިވާ ކަމަށެވެ.
އަދި މާލޭގައި ހުރި ވަޤުފުގެ އެތައް ބިމެއް އަތޮޅުތެރޭގެ ރަށްރަށަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ޝެއިހް ވިދާޅުވީ އެކަން ކުރީ ކޮން ފިގުހެއްގެ ދަށުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
Advertisement
މިހާރު އޮތް ގޮތުން ޖަމިއްޔާއެއް އުވާލާއިރު އެ ޖަމިއްޔާއަކުން ކޮށްފައިވާ ވަޤުފުގެ މަޝްރޫއުއެއް އޮތްނަމަ ދައުލަތަށް ނެގޭ ގޮތަށް އޮތުމާއި ދައުލަތުން ބޭނުންވާ ގޮތަކަށް އަމަލު ކުރަން ފުރުސަތު އޮތުމަކީ ވަޤުފުގެ މަޝްރޫއުތަކަށް ހިމާޔަތެެއް ނެތް ކަމުގެ ހެއްކެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.
މިއްޔަތުއްސަލަފުގެ ނާއިބު ރައީސް އަދި އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރު އިބްރާހިމް މިއަދުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަންނަވަނީ 
އެހެން ކަމުން ވަޤުފުގެ މަޝްރޫއުތަކަށް ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަށް އެފަދަ ޤާނޫނެއް ވުޖޫދުވުން އަވަސްވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އެންމެ އިންތިޒާރު ކުރާ އެއް ކަމަކީ ދިވެހިރާއްޖޭގައި ވަގުފާއި ބެހޭ ގާނޫނު އެންމެ އަވަހަށް ވަޖޫދުވެގެން އައިސް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން އަޅުގަނޑުމެންގެ މަޝްރޫއުތަކަށް ލިބުން. އެ ވަގުފާއި ބެހޭ ގާނޫނު ރާއްޖޭގައި ނެތުމުގެ ސަބަބުން ވަގުފުގެ މަޝްރޫއުތަކަށް މިވަނީ ކުރިއަށް ދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި,"
ޝެއިހް ސަމީރު ވިދާޅުވީ ސަލަފުގެ މަސައްކަތް އަމާޒު ކުރެވިފައި ވަނީ ވަޤުފުގެ މަޝްރޫއުތައް ހިންގާ އެ މަޝްރޫއުތަކުގެ ހެޔޮ ނަފާ މުޅި ޤައުމަށް ލިބޭނެ ގޮތަށް ކަމަށެވެ.
ބޭރުގެ ފަރާތަކުން ވެސް ރާއްޖޭގައި އެފަދަ މަޝްރޫއުއެއް ޤާއިމު ކުރާނަމަ ރާއްޖޭގައި އެކަމަށް އޮތް ޤާނޫނުތަކާއި ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް އޮތް މިންވަރު ބަލާނެ ކަމަށާ އެފަދަ ޤާނޫނެއް ނެތުމަކީ އެފަދަ މަޝްރޫއުތައް ގެނައުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.
ޝެއިހް ވަނީ ކިތަންމެ ލަސްވެފައި ވީނަމަވެސް ދެން އިތުރަށް ދިގު މުއްދަތެއް ހޭދަނުކޮށް ވަޤުފާއިބެހޭ ޤާނޫނެއް ވޫޖުދުކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ