ރައްޔިތުންނަށް 'ރައްކާތެރިކަން އިހުސާސްކޮށްދޭން' ފުލުހުން މަގުމައްޗަށް

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން މާލޭގެ މަގުތައް މަތީގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ އިދާރާއިން މިރޭ ބުނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންފޯސްމަންޓް ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ، އޭގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވުން ކަމަށް ބުންޏެވެ.
ފުލުހުންގެ އިދާރާއިން ވަނީ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ފުލުހުން ތިބެނީ އޮޕަރޭޝަން ޔުނީފޯމުގަ އެވެ. އެ ޔުނީފޯމުގައި ފުލުހުން ތިބޭނީ ހަށިރައްކަލަކަށް އަޅާ ވެސްޓާއި މުގުރު ފަދަ އާލާތްތަކާ އެކުގަ އެވެ.
މަގުތައް ރައްކާތެރިކުރުމުގެ ނަމުގައި ކުއްލި ހަރަކާތެއް މި ފެށީ ވަކި މާލޭގެ ހާލަތު ގޯސްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ