ބަންޑާރަ ކޮށީގައި މަރުވެފައި އޮއްވާ ފެނުނު ސިފައިންގެ މީހާގެ މައްސަލަ ބަލަނީ

ބަންޑާރަ ކޮށީގައި މަރުވެފައި އޮއްވާ ފެނުނު ސިފައިންގެ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ބަންޑާރަ ކޮށީގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ބަންޑާރަ ކޮށީގައި ރޭ މީހަކު މަރުވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލްދީފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަންޑާރަ ކޮށީގެ ފާހަނައެއްގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ